Study

ކޮން ޒަމާނެއް؟

  •   0%
  •  0     0     0

  • އަންނަންއޮތް ޒަމާނުގައި ހިނގާނެ ކަމެވެ. ބަސްބުނުމުގެ ފަހުން ހިނގާނެ ނުވަތަ ހިނގާފާނެ ކޮންމެކަމެކެވެ.
    ވާނޭކަން
  • ކޮއްކޮ ބަތް ކައިފިއެވެ.
    ނިމުނުކަން
  • އަހަރެން ސުކޫލަށް ދަމެވެ. މީ ކޮން ޒަމާނެއް؟
    ވާކަން
  • މި ޒަމާން ބޭނުން ކުރެވެނީ، މީހަކު އެވަގުތު ކުރާ ކަމަކަށް އެއްޗަކަށް ނުވަތަ ތަނަކަށް ގުޅުވައިގެން ބުނާ ބަހުގެ ފަހަތަށް “ނީ” މި އަކުރު ބޭނުން ކޮށްގެންނެވެ.
    ވޭވޭހުރިކަން
  • ދައްތަ އޮފީހުގައި އުޅުނެވެ.
    ނިމިނިމުނުކަން
  • މި ޒަމާނަކީ ވޭތުވެދިޔަ ދުރު ޒަމާނެއްގައި ވެނިމިފައިވާ ކަންކަމެވެ.
    ނިމިނިމުނުކަން
  • މި ޒަމާނުން ދޭހަކޮށްދެނީ ވޭތުވެދިޔަ ކައިރި ޒަމާނެއްގައި ހިނގާ ނިމިފައިވާ ކަންކަމެވެ.
    ނިމުނުކަން
  • މި ޒަމާން ބޭނުން ކުރެވެނީ، އަބަދުވެސް ވާކަންކަމަށެވެ. އެއީ ޤުދުރަތީ ބައެއް ކަންކަމާއި، ޢާއްމު ދިރިއުޅުމުގައި ކޮށްއުޅޭ ކަންކަމުގެ ވާހަކަ ދެއްކުމަށް.
    ވާކަން
  • ޝަފިން ވެކްސިން ޖަހައިފިއެވެ.
    ނިމުނުކަން
  • މާދަމާ ވައި ގަދަވާނެއެވެ
    ވާނޭކަން
  • ފައިޙް ނަމާދު ކުރަނީއެވެ.
    ވޭވޭހުރިކަން
  • މީ ކޮން ޒަމާނެއް؟ އިރުއަރައެވެ. (ޤުދުރަތީގޮތުން ވާ ކަންކަން)
    ވާކަން
  • ނޫރީން މި ސުކޫލުގައި ކިޔެވިއެވެ.
    ނިމިނިމުނުކަން
  • އޭނާ ސުކޫލަށް ދަނީއެވެ. / މީ ކޮން ޒަމާނެއް
    ވޭވޭހުރިކަން
  • ފައިޙް ނަމާދު ކުރެއެވެ. ( ތިންވަނަ ފަރާތަކަށް ނިސްބަތްކޮށް) / މީ ކޮން ޒަމާނެއް؟
    ވާކަން
  • މާމަގެއަށް ދާނަމެވެ.
    ވާނޭކަން
  • އަހަރެން ބަތް ކަނީއެވެ.
    ވޭވޭހުރިކަން
  • ރާއްޖެއަށް ސުނާމީ އެރިއެވެ.
    ނިމިނިމުނުކަން
  • ފައިޙް ގެއަށް ހިނގައްޖެއެވެ.
    ނިމުނުކަން
  • ކަމުގެ ޒަމާން ބެހިފައި އޮންނަނީ މައިގަނޑު _________ ބަޔަށެވެ.
    5
  • ފާތުން ކުނިކަހާނެއެވެ.
    ވާނޭކަން